ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކޯޓަށް ވަޑައި ނުގަންނަވައިގެން އެ މައްސަލަ ރައްޔިިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އާއިލާގެ ފަރާތުން އެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން ދި މޯލްޑިވިސް (އޭޑީއެމް) އިންނެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގަ އާއިލާއިން ބޭނުންވަނީ ކޯޓުގައި ޝަމީމް ވަކާލާކު ކޮށްދޭން ކަަށް ބުނެ ޕީޖީ އޮފީހަށް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ސީޓީއެއް ފޮނުވާފައިވާ ކަމަށެވެ. ބަޔާނުގައި ބުނީ އެ ސިޓީއަށް ޖަވާބު ދިނުމުގެ ބަދަލުގައި ދައްކާފައިވަނީ އެހެން ވާހަކަތަކެއް ކަމަށެވެ.
އަދި ފަހުން ޕީޖީ އާއި ބައްދަލު ކުރުމަށް އެ އޮފީހުން ގުޅައި އެންގުުން ބައްދަލުވުމުގެ ބޭނުން ބުނެދިނުމަށް އާއިލާއިން އެދުނު ކަމަށެވެ. އެކަމަކު އެކަމަށް ޕީޖީ އޮފީހުން އިންކާރު ކުރި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ޕީޖީ ޝަމީމު ކޯޓަށް ވަޑައިގަތުމަށް އެދުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދައުލަތުގެ ވަކީލުންގެ ފަރުވާކުޑަކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މުހިންމު ތާރީހުތައް ފަދަ މައްސަލައިގައި ހިމެނޭ ހައްސާސް މައުލޫމާތު އެ ފަރާތްތަކުން ހަނދާނުގައި ނުހުރުމުގެ ކަންބޮޑުވުން ހިމެނެއެވެ.
ޖަމިއްޔާގެ ބަޔާނުގައި ބުނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހުނީ، ސިޓީއަށް ޖަވާނު ދީ ދިގު ދަންމާތީ ކަމަށެވެ.
އުމުރުން 29 އަހަރުގެ ޔާމީންގެ ގަޔަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލީ އޭނާ ދިރިއުޅުނު އިމާރާތުގެ ސިޑި ކައިރީގައި، 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް