މަޖިލީހުގެ 241 ކޮމިޓީގެ ތަހުގީގަށް އެމްއެމްއޭގެ ވެރިން ހާޒިރު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ބެހޭ ކޮމިޓީ “241” ކޮމިޓީއަށް ގަވަރުނަރު އަލީ ހާޝިމް އާއި އެމްއެމްއޭގެ ވެރިން ހާޒިރުކޮށްފި އެވެ. މިދިޔަ މަހު ބޮމެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ...

17 Jun 2021 | 09:36

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ބެހޭ ކޮމިޓީ “241” ކޮމިޓީއަށް ގަވަރުނަރު އަލީ ހާޝިމް އާއި އެމްއެމްއޭގެ ވެރިން ހާޒިރުކޮށްފި އެވެ.

މިދިޔަ މަހު ބޮމެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން އެ ކޮމިޓިއަށް ކުރިޔަށް ގެންދާ އިންކުއަރީއަށް އެ މައްސަލަ އާއި ގުޅުން ހުރި ހުރިހާ ފަރާތްތަކެއް ހާޒިރުކޮށް ސުވާލު ކުރާނެ ކަން މިދިޔަ ހަފްތާގައި މަޖިލީހުން ވަނީ ހާމަކޮށްފައި އެވެ. މިހާތަނަށް ހާޒިރު ކުރި ބޭފުޅުންގެ ތެރޭގައިި ވަކިވަކި ސިފައިންނާއި ފުލުހުންނާއި އެ ދެއިދާރާގެ އިސްވެރިން ހިމެނެ އެވެ.

މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމަށް ގަވަރުނަރުގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު އަދި ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް އިބްރާހިމް އަހުމަދު ނާސިރު މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.

އެމްއެމްއޭގެ އިސްވެރިން ހާޒިރުކުރި އިރު، ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމަށް އެ ހަމަލާއަށް ފަންޑު ކުރި މީހުން ހޯދަންޖެހޭ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އަދި ފައިނޭންސް އިންޓެލިޖެންސް މައުލުމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމުން އަމަލުކުރާ ގޮތް ދެނަގަތުމަކީ ވެސް އިންކުއަރީގެ ބޭނުމެކެވެ.

ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައިސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދިން ޓެރެރިސްޓް ޙަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތް ދެނެގަތުމަށް މަޖިލީހުން ގެންދަނީ ތަހުޤީގެއް ނޫންކަމަށެވެ. އަދި ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަނީ ކުށެއް ކޮށްފައިވާ ބަޔަކު ނޫން ކަމަށާއި އެއީ މައުލޫމާތު އެއްކުރުމަށް ހާޒިރު ކުރި ބައެއް ކަމަށް ވިދާޅުވި އެވެ.

އެ ތަހުގީގަށް ހާޒިރު ކުރި ވަކިވަކި ސިފައިންގެ ތެރޭގައި ނަޝީދުގެ ޑްރައިވަރާއި ބޮޑީގާޑުން ހިމެނެ އެވެ. އެކަމަކު ވަކިވަކި ސިފައިން މިގޮތަށް ހާޒިރު ކުރުމަކީ ގާނޫނުން މަނާކޮށްފައިވާ ކަމެކެވެ.

ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގައި އޮންނަ ގޮތުން ސިފައިނަށް ލިބޭ މައުލޫމާތެއް ހާމަކުރެވޭނީ ހަމައެކަނި ސިފައިންނާއި ސިފައިންގެ ލީޑަޝިޕަށާއި މިނިސްޓަރު އަދި ނެޝަނަލް ސެކިއުރިޓީ ކައުންސިލަށާއި ރައީސުލްޖުމްހޫރިއްޔާ އަށެވެ. އެހެންވެ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް