ޅ. ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުންވާ ބައެއް ސާމާނު އެ ރަށަށް ގެންގޮސްފި އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.
އެ ކުންފުނިން ބުނީ ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް އެލް ބްލޮކްތައް ކ. ތިލަފުށިން ޅ. ހިންނަވަރަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ތަކެތި ރަށަށް ބާލައި މަސައްކަތް ހުއްޓުމެއް ނެތި ކުރެވެމުންދާ ކަމަށް ބުންޏެވެ.
އެމްޓީސީސީން ބުނީ މަޝްރޫޢުގެ ދަށުން، ހިންނަވަރު ބަނދަރުގައި 3.2 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 65,170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ހަމަޖެހިގައިވާ ކަމަށް ބުނެ އެވެ.
މީގެ އިތުރުން 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ. މި
މިއީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެ ކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް