ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ޝަރުތުތަކަކާއި އެކު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
އައްމަޓީ އާއި ދެކޮޅަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. މި ދައުވާތައް އޭނާ އާއި ދެކޮޅަށް ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. ފުލުހުން މިއަދުވެސް ކޯޓުގައި އެދުނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް