އެމްޓީސީސީން އާޓިފިޝަލް ބީޗުގައި ރޭމްޕެއް ހަދައިފި

އެމްޓީސީސީން އާޓިފިޝަލް ބީޗުގައި ރޭންޕެއް ހަދައިފި އެވެ. މިއީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރި މަސައްކަތެކެވެ. އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން އާޓިފިޝަލް ބީޗުގައި 48.24 އަކަ މީޓަ...

17 Jun 2021 | 06:37

އެމްޓީސީސީން އާޓިފިޝަލް ބީޗުގައި ރޭންޕެއް ހަދައިފި އެވެ.

މިއީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރި މަސައްކަތެކެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން އާޓިފިޝަލް ބީޗުގައި 48.24 އަކަ މީޓަރުގެ ވޯކްވޭއަކާއި ރޭމްޕެއް ހަދާފައިވެ އެވެ. އަދި ޗޭންޖިންގ ހޮއިސްޓަކާއި، ޝޭޑިންގް ހަޓެއް ހަދާފައިވެ އެވެ.

އެ ކުންފުނިން ބުނީ މިފަދަ ތަނެއް އާޓިފިޝަލް ބީޗުގައި ހެދީ މުޖުތަމަޢުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކުރެވިގެން އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އެތަނުގެ މަސައްކަތް އެއްކޮށް ނިންމާލީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

އާޓިފިޝަލް ބީޗް ޕާކެއްގެ ގޮތުގައި ތަރައްގީކޮށް އެ ތަން ހުޅުވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. އެ ތަން ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރީ އެމްޓީސީސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް