މިސްކިތްތައް ހުޅުވާލިކަންވެސް ޕާޓޭއިންނަކަށް ނޭނގޭ: ރޭވެސް މަސްތުވާން އިން މީހަކު ހައްޔަރު ކުރި

ރޭވެސް މިސްކިތެއްގައި މަސްތުވާތަކެތި ބޭނުން ކުރަން އިން މީހަކު ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނީ އެކަމުގެ ރިޕޯޓު ކުރީ ރޭ ދަންވަރު 1:35 ހާއިރު ކަމަށެވެ. އެ މީހާ މަސްތުވާތަކެތި ބޭނުން ކުރަން އިނީ ވިޔަ...

17 Jun 2021 | 05:58

ރޭވެސް މިސްކިތެއްގައި މަސްތުވާތަކެތި ބޭނުން ކުރަން އިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެކަމުގެ ރިޕޯޓު ކުރީ ރޭ ދަންވަރު 1:35 ހާއިރު ކަމަށެވެ. އެ މީހާ މަސްތުވާތަކެތި ބޭނުން ކުރަން އިނީ ވިޔަފާރިވެރިންގެ މިސްކިތުގައި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މިސްކިތު ތެރޭގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ރޭ ހައްޔަރު ކުރި ކަމަށެވެ. އެ މައްސަލައިގަ ފުލުހުން ހައްޔަރު ކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފުލުހުން ވަނީ މާލޭގެ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރަން ތިބި 15 މީހަކު ހައްޔަރުކޮށްފައި އެވެ. އެ އެންމެންނަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮތް މީހުންނެވެ.

މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރަން ފަށާފައިވަނީ ކޯވިޑް-19 އާއި ގުޅިގެން މިސްކިތްތައް ބަންދު ކުރުމުންނެވެ. އެކަމަކު މިދިޔަ އަންގާރަ ދުވަހު ވަނީ ވަކިވަކިން ނަމާދު ކުރެވޭ ގޮތަށް މިސްކިތްތައް ހުޅުވާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް