އީސަގެ ޝަރީއަތް އަންނަ ހޯމަ ދުވަހު ފަށަނީ

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތުގެ ޝަރީއަތް ފަށަން ތާވަލު ކޮށްފި އެވެ. އީސަ ގެވެށި އަނިޔާ ކުރެއްވި ކަމަށް ތުހުމަތު ކުރަނީ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީ...

17 Jun 2021 | 04:26

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތުގެ ޝަރީއަތް ފަށަން ތާވަލު ކޮށްފި އެވެ.

އީސަ ގެވެށި އަނިޔާ ކުރެއްވި ކަމަށް ތުހުމަތު ކުރަނީ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް (އަސޫ) އަށެވެ. މިދިޔަ މަހު ހިނގި އެ ހާދިސާގައި އީސަ އާއި ދެކޮޅަށް މައްސަލަ ހުށަހެޅުމަށް ފަހު އަސޫޫ ވަނީ އަނބުރާ އެ މައްސަލަ ނަގާފައި އެވެ.

އެކަމަކު ފުލުހުން ވަނީ އެ މައްސަލަ އަމިއްލައަށް ކުރިޔަށް ގެންދަން ނިންމައި ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި އެވެ. ޕީޖީ އޮފީހުން އޭނާ އާއި ދެކޮޅަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.

ޕީޖީ އޮފީހުން މީޑިއާގައި ބުނީ އެ މައްސަލައިގެ ޝަރީއަތް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައިވާ ކަން އެއޮފީހަށް އަންގާފައިވާ ކަމަށެވެ. އެ ދުވަހު އަޑު އެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހެނދުނު 11:00 ގައި އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ އަށް ލިބޭނެ އެންމެ ބޮޑު އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

މި މައްސަލައިގަ އީސަ މަޖިލީސް މެމްބަރު ކަމުން އިސްތިއުފާ ދެއްވުމަށް ގިނަ ބަޔަކު ގޮވާލި އެވެ. އީސަ ވަނީ މި މައްސަލައިގަ އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އަދި އެމްޑީޕީން ވަނީ އޭނާގެ މަސައްކަތްތަކުން އެކަހެރި ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް