ފްރާންސްގައި އާންމު ތަންތަނުގައި މާސްކު ނާޅާ އުޅުން ހުއްދަ ކުރަނީ

ފްރާންސްގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އާންމު ތަންތަނުގައި މާސްކު ނާޅާ އުޅުން ހުއްދަ ކުރަން ތައްޔާރު ވެއްޖެ އެވެ. މިހާބޮޑު ލުޔެއް ދޭން ނިންމާފައިވަނީ އެ ގައުމުގަ...

17 Jun 2021 | 03:44

ފްރާންސްގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އާންމު ތަންތަނުގައި މާސްކު ނާޅާ އުޅުން ހުއްދަ ކުރަން ތައްޔާރު ވެއްޖެ އެވެ.

މިހާބޮޑު ލުޔެއް ދޭން ނިންމާފައިވަނީ އެ ގައުމުގައި ކޯވިޑް ޖެހޭ މީހުންގެ އަދަދާއި ވެކްސިން ޖަހާފައިވާ އާބާދީއަށް ބަލާފައި އެވެ. ފްރާންސަކީ ކޯވިޑް-19 ގައި އެންމެ ނުރައްކާތެރި ހާލަތަށް މިދިޔަ އަހަރު ވެއްޓުނު އެއް ގައުމެވެ.

ފްރާންސްގެ ބޮޑުވަޒީރު ޖީން ކާސްޓެން އިއްޔެ ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުން ގެށިގެން އެ ގައުމުގައި އާންމު ތަންތަނުގައި މާސްކު ނާޅާ އުޅޭވެނޭ ކަަމަށެވެ. އެކަމަކު ކުޅިވަރު ސްޓޭޑިއަމްތަކާއި ގިނަ މީހުން އެއްވާ ތަންތަނުގެ އިތުރުން އަންމު ދަތުރުފަތުރުގެ ހިދުމަތް ހޯދާއިރު ތިބެން ޖެހޭނީ މާސްކު އަޅައިގެން ކަމަށް ކާސްޓެން ވިދާޅުވި އެވެ.

އިތުރަށް ދޭ އެންމެ ބޮޑު ލުޔަކީ ކާފިއު ގަޑި އުވާލުމެވެ. ބޮޑުވަޒީރު ވިދާޅުވެފައިވަނީ ރޭގަނޑު 11:00 ން ފެށިގެން ފްރާންސްގައި އިއުލާނުކޮށްފައި އޮންނަ ކާފިއު ވަގުތު މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އުވާލާނެ ކަމަށެވެ.

ފްރާންސްގައި ކޯވިޑްގެ މުހިންމު ފިޔަވަޅުތަކަކަށް ލުއި ދޭން ނިންމާފައިވަނީ އެކަން ފިޔަވަޅުތައް އަޅަން ނިންމާފައިވާ ތާރީހަށްވުރެ 10 ދުވަސް ކުރިންނެވެ.

ފްރާންސްގައި މިހާރު އާންމުކޮށް ކޮންމެ ދުވަހަކު ކޯވިޑް ޖެހޭ މީހުންގެ އަދަދު އުޅެނީ 3،000 ގައި އެވެ. އެގައުމުގެ ރައީސް އެމެނުއެލް މެކްރޯންގެ މިދިޔަ އަހަރުގެ އަމާޒަކީ މިއަހަރުގެ ޖުލައި އަންނަން ވާއިރަށް ދުވާލަކު ކޯވިޑް ޖެހޭ އަދަދު 5،000 އަށް ދަށް ކުރުމެވެ.

ފްރާންސްގައި ކޮންމެ 100 މީހަކުން 68 ޕަސެންޓު މީހުން ވަނީ ކޯވިޑް ވެކްސިން ޖަހާފައި އެވެ. އޭގެ ތެރެެއިން ފުރަތަމަ ޑޯޒު 46.9 ޕަސެންޓު މީހުން ފުރިހަމަ ކޮށްފައިވާއިރު ދެ ވަނަ ޑޯޒު އަދި ފުރިހަމަ ކޮށްފައިވަނީ 22.2 ޕަސެންޓު މީހުންނެވެ.

ފްރާންސަކީ 67 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް