މާލޭ ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ، ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މީޑިއާތަަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ހާދިސާގެ ރިޕޯޓް ލިބުނީ ހެނދުނު 06:13ހާއިރު ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވެފައިވަނީ ތިން ލޯންޗެއްގައި އަލިފާން ރޯވި ކަމަށާއި މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ.
އަލިފާން ރޯވި ލޯންޗުތަކާއި އެކު އެ ސަރަހައްދުގައި އަޅާފައި އޮތް ފަސް ލޯންޗަކަށް އެކިވަރުގެ ގެއްލުންވެފައިވެ އެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އެންމެ މީހަކަށެވެ. އެމީހާއަށް އައިޖީއެމްއެޗުގައި މިހާޜު ފަރުވާ ދެމުން ދާއިރު ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފުން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް