ގެއެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓުނު އަންހެނަކަށް ފަރުވާދެނީ

މާލޭ ގެއެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓުނު އަންހެނަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ މާލޭ، ހެންވޭރު ގެއެއްގެ ތިންވަނަ ...

17 Jun 2021 | 00:13

މާލޭ ގެއެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓުނު އަންހެނަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ މާލޭ، ހެންވޭރު ގެއެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓުނު މީހަކަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށެވެ. ވެއްޓުނީ ދިވެހި އަންހެނެއް ކަމަށެވެ.

"މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފަިއވަނީ މިރޭ 12:39 އެހައިކަންހާއިރު" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި ހާދިސާއާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުންދަނީ ބަލަމުންކަމަށެވެ.

އޮންލައިން މީޑިއާ، ވަގުތުގައި މިކަމުގެ އިތުރު ތަފްސީލެއް ރިޕޯޓްކޮށްފައިވާއިރު ބުނެފައިވަނީ އެ އަންހެންމީހާ ވެއްޓިފައިވަނީ މަގުމަތީގައި ޕާކުކޮށްފައިހުރި ސައިކަލުތަކެއްގެ މައްޗަށް ކަމަށެވެ. މި މައުލޫމާތު ރިޕޯޓުކޮށްފައިވަނީ މަންޒަރުދުއް މީހަކާ ހަވާލާދީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް