ބަނގުރާ ބުއިމުގެ ތުހުމަތުގައި ހައްޔަރު ކުރި ކޯޑިނޭޓަރު މުއާ ގޭ ބަންދަށް ބަދަލުކޮށްފި

ބަނގުރާ ބުއިކަމުގެ ތުހުމަތުގައި ރޭ ފަތިހު ހައްޔަރު ކުރި ފިލްމީ ތަރި އަދި ޔޫތް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ މުއާޒު (މުއާ) ގޭ ބަންދަށް ބަދަލުކޮށްފި އެވެ. މއ. ގޮމަށިގޭގައި ބަނގުރާ ބޯން ތި...

17 Jun 2017 | 18:15

ބަނގުރާ ބުއިކަމުގެ ތުހުމަތުގައި ރޭ ފަތިހު ހައްޔަރު ކުރި ފިލްމީ ތަރި އަދި ޔޫތް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ މުއާޒު (މުއާ) ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

މއ. ގޮމަށިގޭގައި ބަނގުރާ ބޯން ތިބި ކަމަށް ތުހުމަތުކުރެވިގެން މުއާގެ އިތުރުން ފިރިހެނަކާއި ދެ އަންހެނުން ވެސް ހައްޔަރުކުރި އެވެ.

ފުލުހުން ބުނީ މުއާ ފަސް ދުވަހަށް ގޭގައި ބަންދު ކުރީ މުއްދަތުޖަހަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން ކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މުއާ އާއި އެކު ހައްޔަރު ކުރި މީހުން ވަނީ ކޯޓުން ދޫކޮށްލާފައި އެވެ.

ރޭ މުއާމެން ތިބި ތަނުން ބަނގުރާ ހުރި ހަތަރު ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެންސީއޭގެ ކޯޑިނޭޓަރުގެ މަގާމުން 2015 ވަނަ އަހަރު ވަކިކުރުމަށްފަހު، އެ މަގާމު އަލުން މުއާއަށް ދެއްވާފައި ވަނީ މިދިޔަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް