އދ. އަތޮޅުގައި ހިންގާ ސަން އައިލެންޑްރ ރިސޯޓު އެންޑް ސްޕާގެ ކޮޓަރިއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މަރުވެފައި އޮއްވަ ފެނުނީ ދިވެހި ފިރިހެނެއް ކަމަށެވެ. އޭ މަރުވެފައި އޮތްކަން އެނގުރީ ހަބަރެއް ނުވެގެން ރިސޯޓުގައި އުޅުނު މުވައްޒަފުންތަކެއް ގޮސް އޭނާ އުޅޭ ކޮޓަރި ބެލުމުންނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައި އޮއްވަ ފެނުނީ އެ ރިސޯޓުގައި ޑައިވިން އިންސްޓްރަކްޓަރެއްގެ ވަޒީފާ އަދާ ކުރަމުންދާ އުމުރުން 34 އަހަރުގެ ހުސައިން ޝަފާޒެވެ. މަރުވެފައި އޮތްއިރު އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނާކަށް ނެތް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންނަށް މިކަމުގެ ރިޕޯޓުކޮށްފައިވަނީ ރޭ 9:30 ހާއިރު އެވެ. ފުލުހުން ދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް