ފުވައްމުލަކު ސިޓީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބިގެން އަސީޔޫގައި ފަރުވާދެމުންދިޔަ މީހާ މާލެ ގެންނަނިކޮށް ހާލު ސީރިއަސް ވެގެން ފްލައިޓު އަނބުރާ ފުވައްމުލަކަށް ޖައްސައިފި އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ 10 ޖަހާކަށް ހާއިރު އެވެ. ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެ މަގުން އަނބުރާލި ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވެ އެވެ.
ފުލުހުން ބުނީ މާލެ ގެންނަން މަސައްކަތް ކުރީ ބާރު ސްޕީޑުގައި ދުއްވި ސައިކަލުގެ ފަހަތުގައި އިން މީހާ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އޭނާގެ ބޮލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި އެވެ.
މިހާރު އޭނާ ވަނީ އިތުރު ފަރުވާއަށް އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފައި ކަމަށް ފުލުހުން ބުނެ އެވެ. މިދިޔަ ހަފްތާގައި ވަނީ އައްޑޫ ސިޓީ މަރަދޫގައި ހިނގި އެކްސިޑެންޓެއްގައި 23 އަހަރުގެ ފިރިހެނަކު މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް