މެދުކެނޑުމެއް ނެތި 50 ދުވަސް ވަންދެން ސިނަމާތަކުގައި ދައްކާ ޓެމިލް ފިލްމް "ބާހުބަލީ 2؛ ދަ ކޮންކުލޫޝަން" އިތުރު ރެކޯޑެއް މުގުރާލައިފި އެވެ.
މިހާތަނަށް އިންޑިއާގެ ސިނަމާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެސްއެސް ރާޖްމޯލީ ޑައިރެކްޓު ކޮށްފައިވާ އެ ފިލްމު ސިނާމަތަކުގައި ދައްކަން ފެށިތާ މިހާރު ދެމަސް ދުވަސް ވެއްޖެ އެވެ. އިންޑިއާގެ އެކި ހިސާބުތަކުގައި ތަފާތު 1050 ސުކްރީނެއްގައި އެ ފިލްމު މިހާތަނަށް އަޅުވާފައިވެ އެވެ.
ޕްރާބާސް އަދި ރަނާ ދަގުބަތީ ލީޑް ރޯލުން ފެނިގެންދާ އެ ފިލްމު އަންނަނީ ރިލީޒްކުރި ދުވަހުން ފެށިގެން އެތައް ރެކޯޑުތަކެއް ޤާއިމްކުރަމުންނެވެ. އެގޮތުން ބޮކްސް އޮފީހުގައި އެ ފިލްމު ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށްލެވެ އެވެ.
ސިނާމާގެ ކާމިޔާބީއަށްފަހު މިހާރު އެ ފިލްމުގެ ޕްރޮޑަކްޝަނުން އަންނަނީ އެނިމޭޓެޑް ސީރީޒްއެއް ގޮތައް ބާހުބަލީ ގެނެސްދިނުމަށް ތައްޔާރުވަމުންނެވެ. ކަލާސް ޓީވީ އިން މިހާރުވަނީ ބާހުބަލީގެ އެނިމޭޓެޑް ސީރީޒް ދެއްކުމަށް ރައިޓްސްވެސް ގަނެފަ އެވެ.
ބާހުބަލީ 2 ވަރަށް އަވަހަށް ޗައިނާގައިވެސް ރިލީޒްކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް