ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި ފޮޓޯގުރާފަރުން ދުނިޔޭގެ ދުވަސްވީ ތާރީޙީ އަދި މާތް ތަންތަނުގެ ފޮޓޯތައް ނެގުމަކީ ވަރަށް ވާދަވެރިކޮށް ކުރަމުން އަންނަ ކަމެކެވެ.
އެގޮތުން މާތްވެގެންވާ ކައުބަތުﷲ ގެފުޅުގެ މި ފޮޓޯ ނެގީ އެފަދަ ވާދަވެރިކަމެއްގެ ތެރެއިން ކަމަށް ބެލެވެ އެވެ. މިހާތަނަށް މި ފޮޓޯ ގިނަ ބަޔަކަށް ފެނިފައި ނުވުމަކީ އެކަށީގެންވާ ކަމެކެވެ.
މިއީ މީގެ 138 އަހަރު ކުރިން، 1880 ވަނަ އަހަރު މިޞްރުގެ ފޮޓޯގްރާފަރެއްކަމަށްވާ މުޙައްމަދު ޞާދިޤު ބޭ ނަގާފައިވާ ކައުބަތުﷲ ގެފުޅުގެ ފޮޓޯ އެކެވެ. މިއީ ކައުބަތުﷲ ގެފުޅުގެ ނެގުނު އެންމެ ފުރަތަމަ ފޮޓޯވެސް މެއެވެ.
ޞާދިޤު ބޭ ވަނީ އެނާ ނެގި ގެފުޅުގެ ފޮޓޯތައް ބޭނުންކޮށްގެން، އޭނާ ގެފުޅަށާއި ކީރިތި ރަސޫލާ (ސ.އ.ވ)ގެ މިސްކިތައް ކުރި ދަތުރުގެ ތަޖުރިބާ ތަފާތު ހަތަރު ފޮތެއްގައި ލިޔެ ޝާއިރުވެސްކޮށްފަ އެވެ.
ސޯދިގު ބޭ ނަގާފައިވާ މި ފޮޓޯތަކުން ހަރަމްފުޅުތެރެއަށް ގެންނަމުންދާ ބަދަލުތައް ވަރަށް ބޮޑަށް ފާހަގަވެ އެވެ. އެގޮތުން ހަރަމްފުޅުތެރޭގައި އޭރު ހުރި ކަމަށް ފޮޓޯއިން އެ ފެންނަ ކުޑަ އިމާރާތެއް ނެތެވެ. އަދި މިހާރު ހަރަމްފުޅު ވަނީ އެތައްގުނައެއް ބޮޑުކޮށްފައެވެ/
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް