ކްރިތިކާ މަރާލި ކަމަށް ބެލެވެނީ މަސްތުވާތަކެތީގެ މައްސަލައެއްގައި

އިންޑިއާގެ މޮޑެލް އަދި ފިލްމީ ތަރި ކްރިތިކާ ޗައުދަރީ މަރާލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ. ކްރިތިކާ ދިރިއުޅުނު އެޕާޓްމަންޓުގައި އޭނާ މަރާލާފައި އޮ...

17 Jun 2017 | 03:30

އިންޑިއާގެ މޮޑެލް އަދި ފިލްމީ ތަރި ކްރިތިކާ ޗައުދަރީ މަރާލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

ކްރިތިކާ ދިރިއުޅުނު އެޕާޓްމަންޓުގައި އޭނާ މަރާލާފައި އޮއްވަ ފެނިފައިވަނީ ޖޫން 12 ވަނަ ދުވަހު  އެ ގެއިން ކުނިވަސް ދުވާތީ އަވަށްޓެރިން ފުލުހުންނަށް ރިޕޯޓު ކުރުމުން ގޮސް ބެލި އިރު އެވެ.  ފުލުހުން ބުނެފައިވަނީ އޭނާ މަރާލާފައި އޮންނަތާ ހަތަރު ވަރަކަށް ދުވަސް ވެދާނެ ކަމަށެވެ.

މުމްބާއީ ފުލުހުންނާއި ހަވާލާ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކްރިތިކާގެ ހަށިގަނޑު ކައިރިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މިއައު މިއައު ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ޕެކެޓެއް ފެނިފައިވާ ކަމަށެވެ. ފުލުހުން ގެންދަނީ އެއީ އެ ބާވަތުގެ މަސްތުވާތަކެތިތޯ ޔަގީން ކުރުމަށް އިތުރު ޓެސްޓުތައް ހަދަމުންނެވެ.

ފުލުހުން ބުނީ ބެލެވޭ ގޮތުގައި ކްރިތިކާ މަރާލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގަ ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރީގައި ބަޔަކާއި މެދު ހިނގި ހަމަނުޖެހުމެއްގައި އެވެ. އެއީ އޭނާގެ ބޮލުގެ ފުއްކިބަޔަށް ފަހަތުން ހަމަލާދީފައިވުމާއި ކައިރިން މަސްތުވާތަކެތި ފެނުމުން ނެވެ. ކްރިތިކާގެ މަރާ ގުޅިގެން މިހާތަނަށް ފުލުހުން 20 މީހަކާ ސުވާލުކޮށްފަ ވެއެވެ. އޭގެތެރޭގައި އޭނާގެ އެކުވެރިންނާއި ތިމާގެ މީހުންނާއި އަވަށްޓެރިންގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ މުއާމަލާތް ކޮށްފައިވާ މީހުން ހިމެނެ އެވެ.

މީގެ އިތުރުން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޑްރަގް ނެޓްވޯކްތައް މެދުވެރިކޮށް ކްރިތިކާ އާއި ގުޅުން އޮންނަ ކަމަށް ބެލެވޭ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހޯދަމުންނެވެ. މިހާތަނަށް މި މައްސަލަ ހައްޔަރުކޮށްފައިވަނީ ކްރިތިކާ އުޅުނު އެޕާޓްމަންޓު ހިމެނޭ އިމާރާތުގެ ސެކިއުރިޓީ ގާޑަކަށް ހުރުމަށް ފަހު ކުއްލިގޮތަކަށް ވަޒީފާ ދޫކޮށްލާފައި ދިޔަ މީހަކާއި އޭނާގެ އެކުވެރި އެކެވެ.

ކްރިތިކާ ވަނީ ކަންގަނާ ރަނާވަތާ އެކު "ރާއްޖޯ"ގައި ރޯލެއް އަދާކޮށްފަ އެވެ. އަދި ބާލާޖީ ޓެލެފިލްމްސްގެ "ޕަރީޗޭ" ސިލްސިލާގައި ވެސް އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް