އާ އުސޫލުގެ ދަށުން ފުލުހަށް ހާޒިރު ކުރެވޭ މައްސަލައިގެ ތަފްސީލް އެނގޭނެ!

ފުލުހުންގެ އިދާރާއަށް މީހުން ހާޒިރު ކުރުމާއި ގުޅޭގޮތުން ފުލުހުން އަލަށް އެކުލަވާލި އުސޫލުގެ ދަށުން ހާޒިރު ކުރެވޭ މައްސަލައިގެ ތަފްސީލް އެނގޭނެ ކަމަށް ފުލުހުން ބުނެފި އެވެ. މީގެ ކުރިން ފުލުހަށް ހާޒިރުވ...

17 Jun 2017 | 03:15

ފުލުހުންގެ އިދާރާއަށް މީހުން ހާޒިރު ކުރުމާއި ގުޅޭގޮތުން ފުލުހުން އަލަށް އެކުލަވާލި އުސޫލުގެ ދަށުން ހާޒިރު ކުރެވޭ މައްސަލައިގެ ތަފްސީލް އެނގޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

މީގެ ކުރިން ފުލުހަށް ހާޒިރުވުމަށް ފޮނުވާ ޗިޓުގައި އޮންނާނީ ހަމަ އެކަނި ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ސުވާލު ކުރުމަށް ހާޒިރު ވުމަށެވެ.

އަލަށް ގެނައި ބަދަލާއި އެކު ހާޒިރު ކުރާ މައްސަލައިގެ ތަފްސީލާއި، ފުލުހުންގެ އިދާރާގައި ހޭދަވާނެ ވަގުތު ބަޔާންކޮށްފައި އޮވެ އެވެ. މީގެ އިތުރުން ޗިޓު ރައްދު ކުރަން ބޭނުންވާ މީހާއަށް އަވަހަށް ފޯރުކޮށްދިނުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ޗިޓު ފޮނުވޭ ގޮތަށްވެސް އުސޫލަށް ވަނީ ބަދަލު ގެނެސްފައި އެވެ.

ފުލުހުން އަންގާ އެންގުމަށް ފުލުހުންގެ އިދާރާ އަށް ހާޒިރުނުވެއްޖެނަމަ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށްފަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހޭނެ ކަމަށް އެ އުސޫލުގައި ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް