އަމިއްލަ ދަތުރުފުޅެއްގައި ރައީސް ޔާމީން ޖަރުމަނުގައި

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިން ސިޓީގައި ބޭއްވި ޗައިނާ-ސައުތު އޭޝިއާ އެކްސްޕޮޒިޝަނާއި ކުންމިން އިމްޕޯޓް އެންޑް އެކްސްޕޯޓް ފެއާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް އަބް...

17 Jun 2015 | 10:02

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިން ސިޓީގައި ބޭއްވި ޗައިނާ-ސައުތު އޭޝިއާ އެކްސްޕޮޒިޝަނާއި ކުންމިން އިމްޕޯޓް އެންޑް އެކްސްޕޯޓް ފެއާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް އަބްދުﷲ ޔާމީން ޖަރުމަނަށް ވަޑައިގެންފި އެވެ.

ރައީސް ޔާމީން ޗައިނާ އަށް ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދަތުރުފުޅަށް ފަހު ރައީސް ޔާމީން ވަނީ މިދިޔަ ހޮނިހިރު ދުވަހު ޖަރުމަނަށް ވަޑައިގެންފަ އެވެ. އަމިއްލަ ބޭނުންފުޅަކަށް ޖަރުމަނުގެ ފްރެންކްފާޓަށް ކުރައްވާ އެ ދަތުރުފުޅަށް ފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހު ކަމަށްވެ އެވެ.

ރައީސް ޖަރުމަނަށް ވަޑައިގެންފަ މިވަނީ އެމަނިކުފާނު ސިއްހީ ފަރުވާއަށް އެ ގައުމަށް ވަޑައިގެންނަވާ ކަމުގެ އަޑުތަށް ފެތުރިފައިވަނިކޮށެވެ. އަދި މިވަގުތު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ހުންނެވީ ޖަރުމަނުގައި އެވެ.

ނަމަވެސް ރައީސް ޖަރުމަނަށް ވަޑައިގެތް ކަމެއް ރައީސް އޮފީހުން ކަށަވަރެއް ނުކޮށްދެ އެވެ. ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައި ވަނީ ރައީސްގެ ޗައިނާ ދަތުރުފުޅާ ބެހޭ މައުލޫމާތު އެކަންޏެވެ.

މީގެ ކުރިން ރައީސް ވަނީ އަމިއްލަ ބޭނުންފުޅުތަކަށް ސިންގަޕޫރަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް