ރޯދަ މަހު މަޖިލީހުގެ ޖަލްސާތަށް ބާއްވާ ގަޑިތައް އާންމުކޮށްފި

މާދަމާ ފެށޭ މިއަހަރުގެ ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދާނީ ދެގަޑިއިރާ ބަޔަށް ކަމަށް ހަމަޖައްސައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މަޖިލީހުގެ ޖަލްސާތައް ބާއްވާނީ ހެނ...

17 Jun 2015 | 09:36

މާދަމާ ފެށޭ މިއަހަރުގެ ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދާނީ ދެގަޑިއިރާ ބަޔަށް ކަމަށް ހަމަޖައްސައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މަޖިލީހުގެ ޖަލްސާތައް ބާއްވާނީ ހެނދުނު 10:30 އިން މެންދުރުފަހު 2:00 އަށް ކަަމަށެވެ. އަދި ހުސްވަގުތު ގޮތުގައި 12:00 އިން 13:00 ލިބޭނެ ކަަމަށެވެ.

ޕާލިމެންޓަރީ ސާވިސްގެ ގަވާއިދަށް ބަދަލުގެނެސް، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ރަސްމީ ގަޑިއަކީ، ސަރުކާރުން ކަނޑައަޅާ ރަސްމީ ގަޑި ކަމަށް ވަނީ ހަމަޖައްސާފައެވެ.

ނަމަވެސް މިގޮތަށް އަދި އަމަލު ކުރަން ފަށާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް