އަސީލްގެ މަރުގެ މައްސަލައިގަ ހިމެނޭ ކުއްޖާ ގޭބަންދަށް ބަދަލު ކުރުމުން އިސްތިއުނާފުކޮށްދޭން އެދެފި

މިދިޔަ އަހަރުގެ އޯގަސްޓްމަހު ހިންގި މާރާމާރީއެއްގައި މަރުވި ތ. ތިމަރަފުށި، ބުލޫނިއާގެ، އަހްމަދު އަސީލް (19އ) މަރުގެ ދައުވާލިބޭ ކުއްޖަކު ކޯޓުން އިއްޔެ ގޭ ބަންދަށް ބަދަލު ކުރި މައްސަލަ އިސްތިއުނާފްކޮށް ...

17 Jun 2015 | 09:12

މިދިޔަ އަހަރުގެ އޯގަސްޓްމަހު ހިންގި މާރާމާރީއެއްގައި މަރުވި ތ. ތިމަރަފުށި، ބުލޫނިއާގެ، އަހްމަދު އަސީލް (19އ) މަރުގެ ދައުވާލިބޭ ކުއްޖަކު ކޯޓުން އިއްޔެ ގޭ ބަންދަށް ބަދަލު ކުރި މައްސަލަ އިސްތިއުނާފްކޮށް ދިނުމަށް ފުލުހުން އެދިއްޖެ އެވެ.

އަސީލުގެ މަރާއި ގުޅިގެން އަށް މީހެއްގެ މައްޗަށް ދައުވާ ކުރަމުންދާއިރު އޭގެ ތެރޭގައި ދެ ކުއްޖަކު ހިމެނެއެވެ. ކޯޓުން އިއްޔެ ދޫކޮށްލާފައިވަނީ އެ މައްސަލާގައި ޓެރަރިޒަމުގެ ދައުވާ އުފުލާފައިވާ ކުއްޖެކެވެ.

ފުލުހުން ބުނީ އަސީލްގެ މަރުގެ ދައުވާ ލިބޭ އެ ކުއްޖާ ކޯޓުން ދޫކޮށްލި މައްސަަލަ އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ކަމަށެވެ. ޖުވަނައިލް ކޯޓުން އެ ކުއްޖާ ދޫކޮށްލީ ޑިޕްރެޝަންއަށް ދާތީ ކަމަށް ބުނެ އެވެ.

ނަމަވެސް މިކަމާ މެދު އަދި ޕީޖީ އޮފީހުން ގޮތެއް ނިންމި ކަމެއް ނޭނގެ އެވެ.

އަސީލް މަރުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 23 ވަނަ ދުވަހުގެ ރޭ ޗާންދަނީ މަހު ސްމާޓް މޯބައިލް ފިހާރަ ހުންނަ ގޯޅިތެރޭގައި މާރާމާރީ ހިންގާ އޭނާގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދިނުމާއި ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް 29 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް