މަހުލޫފު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ. މިކަން ޔަގީންކޮށްދީ މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުންގެ އިދާރާއަށް ހާޒ...

17 Jun 2015 | 07:29

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.

މިކަން ޔަގީންކޮށްދީ މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ އިދިކޮޅު ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ކުރި މުޒާހަރާއާއި ގުޅިގެން ފުލުހުން ކުރިޔަށް ގެންދާ ތަހުގީގަކާއި ގުޅިގެން ކަމަށެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުވާން މަހުލޫފަށް އަންގާފައިވަނީ މިއަދު މެންދުރު 01:00 އަށެވެ.

https://twitter.com/AhmedMahloof/status/611055287626149888

އަނިޔާވެރިކަން ނިންމަން ނަމުގައި އިދިކޮޅު ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގައި މަހޫލޫފާއި އިތުރު 11 މީހަކު ހައްޔަރުކުރި އެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުޒާހަރާތަކުގައި ފުލުހުންނަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް އެމީހުން ވަނީ ދޫކޮށްލައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް