އެސްޓީއޯ ސުޕަމާޓުގެ ޖާގަ ބޮޑުކުރުމަށް ކުރި މަރާމާތަށް ފަހު އަލުން ހުޅުވައިފި އެވެ.
ކުރިން 3300 އަކަފޫޓުގެ އެސްޓީއޯ ސުޕަމާޓު މަރާމާތަށް ފަހު އަލުން ހުޅުވީ 8500 އަކަފޫޓަށް ބޮޑުކުރުމަށް ފަހު މިއަދު އެވެ. މިއަދު ރަސްމީކޮށް އެސްޓީއޯ ސުޕަމާޓު ހުޅުވައިދެއްވީ އެސްޓީއޯގެ ބޯޑް މެމަބްރު އަބްދުލް ހާދީ ހުސެންފުޅާއި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.
މަރާމާތަށް ފަހު އަލުން އެތަން ހުޅުވި އިރު ގިނަ ބަދަލުތަކެއް ވަނީ ތަނަށް ގެނެސްފައެވެ.
އެގޮތުން ކުރިން ހަތަރު ކައުންޓަރު ހުރި ސުޕަމާޓުގައި މިހާރު 10 ކައުންޓަރު ހުންނަ އިރު ކުޑަކުދިންނަށް ހާއްސަކޮށްގެން ކުޅޭ ސަރަހައްދެއް ވަނީ ހަދާފަ އެވެ. އަދި އިތުރު ގިނަ ބާވަތްތަކެއްގެ މުދަލާ ވަނީ ވިއްކަން ފަށާފަ އެވެ.
އެސްޓީއޯއިން ބުނީ ސުޕަމާޓަށް އިތުރުކުރި ޖާގައިގެ ސަބަބުން މިހާރު އެ ފިހާރައަކީ ރާއްޖޭގައި ހުރި އެއްބުރީގެ އެންމެ ބޮޑު ފިހާރަ ކަމަށެވެ.
އެސްޓީއޯ ސުޕަމާޓު މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް