ޝިއާރުގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ޓީމެއް އައްޑޫ ސިޓީއަށް

އައްޑޫ ސިޓީގެ ހިތަދޫގައި ތޫނުއެއްޗަކުން ހަމަލާދީ ހުސައިން ޝިޔާރު މަރާލި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް އެ ސިޓީއަށް ފުރައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސީރިއ...

17 Jun 2015 | 05:29

އައްޑޫ ސިޓީގެ ހިތަދޫގައި ތޫނުއެއްޗަކުން ހަމަލާދީ ހުސައިން ޝިޔާރު މަރާލި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް އެ ސިޓީއަށް ފުރައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ތަހުގީގު ޓީމް އައްޑޫ ސިޓީއަށް ފުރާފައި ވަނީ ރޭ ކަމަށެވެ.

މޫނުނިވާކޮށްގެން ތިބި ބަޔަކު ތޫނުއެއްޗަކުން ދިން ހަމަލާގެ ސަބަބުން ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދަނިކޮށް އިއްޔެ ހެނދުނު މަރުވެފައިވާ ހުސައިން ޝިޔާރަކީ އުމުރުން 19 އަހަރުގެ ޒުވާނެކެވެ.

ޝިއާރަށް ހަމަލާ ދިނުމުގެ ސަބަބުން ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދިނުމުން ވަނީ ކަފައިގެން ގޮސްފައެވެ. އޭނާއަށް ހަމަލާދީފައިވަނީ އެގެއަށް ވަދެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން ދިޔަނަމަވެސް މިހާތަނަށް މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް