ގަޑިއަކު 50 މޭލަށް ވައިގަދަވެދާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މެޓުން ރީނދޫ ސަމާލު ނެރެފިއެވެ.
ރީނދޫ މި ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓިއާއި ދެމެދުގެ ރަށްތަކަށެވެ. ރީނދޫ މި ސަމާލު މިރޭ 08:00 އިން މިރޭ 12:00ގެ ނިޔަލަށް ދެމިގެންދާނެކަމަށް މެޓުން ބުނެފައިވެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ނެރެފައިވާ މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް