މާލެއިން ހުޅުމާލެއަށް ހެލްމެޓު ނާޅާ ސައިކަލުގައި ދެމީހަކު ދަތުރުކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު އެ ދެމީހުންނާއިމެދު ފިޔަވަޅު އަޅާފައިވާކަމުގައި ފުލުހުން ބުނެފިއެވެ.
އެގޮތުން ފުލުހުން މިއަދު ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓް، ސިނަމާލެ ބްރިޖްގައި ހެލްމެޓް ނާޅާ ސައިކަލު ދުއްވި މީހާއާއި ސައިކަލު ފަހަތުގައި އިން މީހާއާއިމެދު ގާނޫނީ ގޮތުގެ މަތިން ފިޔަވަޅު އަޅާފައިވާނެކަމަށެވެ.
"ދެމީހުންވެސް ވަނީ ޖޫރިމަނާކޮށްފައި، އަދި އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވެފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަޏީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ގާނޫނާއި ގަވާއިދާއި ޚިލާފު އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް