ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވާލަދޭ ބްރިޖްތަކުގެ މަސައްކަތް ނިމުން އިއްޔެ ފާހަގަކޮށްފިއެވެ.
އެ މަޝްރޫއަކީ ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގައި ހުޅުމާލޭ ދެ ފިޔަވަހި ދެމެދުގައި ހަތަރު ބްރިޖެއް ގާއިމުކޮށްފައިވެއެވެ.
މި މަޝްރޫއުގެ ނިމުން ފާހަގަކޮށް އެ ބްރިޖްތައް އިފްތިތާހްކޮށްދެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެ ފަންޑުގެ ސީއީއޯ ސުލްޠާން ޢަބްދުލްރަޙްމާން އަލް-މަރްޝަދުއެވެ.
އިއްޔެގެ އެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ މާލީ ވަޒީރު މުހައްމަދު ޝަފީގް އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް