މިއަދަކީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހެވެ. ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 17 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ "ވޯލްޑް ޓެލެކޮމިއުނިކޭޝަން އެޑް އިންފޮމޭޝަން ސޮސައިޓީ ޑޭ" (ޓެލެކޮމިއުނިކޭޝަން ދުވަސް) ގެ ގޮތުގައެވެ.
ޒަމާން ބަދަލުވެ ޒަމާނާ އެއްވަރަށް އަހަރެމެން އިންސާނުންވެސް ތަރައްގީވަމުން ގޮސް ޓެލްކޮމިއުނިކޭޝަން އިންޑަސްޓްރީއިންވެސް މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަހަރެމެންގެ ހިތްތަކަށް ކުރިން އަންދާޒާވެސް ނުކުރެވޭ ފަދަ އިންގިލާބީ ބަދަލުތަކެއް ގެންނަމުން.
5ޖީ، އައ.އޯ.ޓީ، އޭއައި، އޯޓީޓީ އަދި ކްލައުޑް ހިދުމަތްތައް ކުރިއަރާގޮސް އިމެއް ނެތް ހެޔޮ ބަދަލުތަކާ ކުރިއެރުންތައް މި ދަނީ ލިބެމުންނެވެ. އަހަރެމެން ދުނިޔޭގައި ތިބެ މިކަންކަން މިދަނީ ތަޖުރިބާ ކުރަމުންނެވެ. ކުންފުނިތަކުން ކުންފުނިތަކުގެ ދުވަހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފަސޭހަ ކުރުމަށް މިއަދު ކްލައުޑް ޓެކްނޮލޮޖީގެ ބޭނުން ކުރަމުން އަންނައިރު އޭއައި އަދި މެޝިން ލާނިންއާއެކު އެތައް ލުއި ފަސޭހަތަކެއް ލިބެމުން އަންނައިރު ޕްރޮސެސް އޮޓޯމޭޝަން ޓެކްނޮލޮޖީއާއެކު މަސައްކަތަކަށް އިތުރު ހަލުވި ކަމާއި ފުރިހަމަކަމެއް މިދަނީ އަންނަމުންނެވެ.
މިއަދު މި ދުވަސް ފާހަގަކުރަމުން އަންނައިރު އުރީދޫ މޯލްޑިވްސް އާއެކު މި ދާއިރާއިން ރާއްޖެއިން ހޯދާފައިވާ އިންގިލާބީ ކުރިއެރުންތައް ފާހަގަކޮށްލަން ޖެހެއެވެ.
ދުނިޔޭގައި ޓެލެކޮމިއުނިކޭޝަން އަށް އަންނަ މި ފުރިހަމަ ބަދަލުތަކުގައި މި ކުޑަކުޑަ ދިވެހި ރާއްޖެ އުޅެނީ ވަރަށް ކުރީގައިކަން ފާހަގަކޮށްލަން ޖެހެއެވެ. ސަރަހައްދީ ގައުމުތަކަށް ބަލާލާއިރުވެސް އަދި ކުރިއަރަމުން އަންނަ އެހެން ބައެއް ސަރަހައްދުތަކުގެ ބައެއް ގައުމުތަކާ އަޅާ ކިޔާލާއިރުވެސް ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ މި އިންގިލާބީ ހިދުމަތްތައް ކުރިއަރާ ފުޅާވަމުން އަންނަ އައުން އެހެން ބައެއް ގައުމުތަކާ އަޅާ ބަލާއިރު އުޅެނީ މާ ކުރީގައިކަން ފާހަގަކޮށްލަންޖެހެއެވެ.
މިފަދަ އިންގިލާބީ ބަދަލުތައް މި ގެނެވެނީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ފުރިހަމަކުރެވިގެން ކަމުގައިވާއިރު ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ އުރީދޫން ފަހުރުވެރިކަމާއެކު ފާހަގަކުރާ ކަމަކީ މުޅި ރާއްޖޭގެ އާބާދީ މިހާރު 4ޖީ ޕްލަސް ހިދުމަތުން ގުޅާލެވިފައިވާކަން އަދި އެންމެ ހަލުވި ސްޕީޑްތަކާއެކު 5ޖީ ހިދުމަތް ގްރޭޓާ މާލެ ރީޖަން އަށް ލިބެމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.
ރާއްޖޭގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރު ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ރާއްޖެ ސްރީލަންކާ ސަބްމެރިން ކޭބަލް ލަންކާގެ ކޮލޮމްބޯ އަދި ހުޅުމާލެއާއި ދެމެދު ގުޅުވާލާފައިވާއިރު ސިންގަޕޫރާއި ޔޫރަޕާއި ރާއްޖެ ކުޅުދުއްފުށިން ގުޅުވާަލަދޭ ޕީސް ކޭބަލް ޑިޕްލޯއި ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި އަހަރުގެ ނިޔަލަށް އެ މަސައްކަތް ނިމޭނެކަމަށް އުރީދޫއިން ގަބޫލު ކުރެއެވެ. މި ކޭބަލާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެކަމުގައި އުރީދޫއިން ގަބޫލު ކުރެއެވެ.
ހަމަ މިއާއެކު ރާއްޖެ އަދި ސަރަހައްދީ ކުންފުނިތަކަށްވެސް ހިދުމަތް ހޯދޭނެ ފަދައިން ޒަމާނީ ޓެކްނޮލޮޖީތަކާއެކު އުރީދޫއިން ގާއިމްކޮށްފައިވާ އުރީދޫ މޯލްޑިވްސް ޑާޓާ ސެންޓަރަކީވެސް އޭއައި، ކްލައުޑް އަދި ވާޗުއަލް ރިއާލިޓީއާއި މެޝިން ލާނިންފަދަ އިންގިލާބީ ހިދުމަތްތައް ތައާރަފް ކުރުމަށް ކުންފުނިތަކާއި ވިޔަފާރިތަކަށް އިތުރު ހިތްވަރަކާއި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ޑާޓާ ސެންޓަރެއްކަން ފާހަގަކޮށްލެވެއެވެ.
ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ އެ ކުންފުނީގެ ކަސްޓަމަރުންނާއި ސްޓޭކްހޯލްޑަރުން ހިމެނޭހެން ޓެލެކޮމިއުނިކޭޝަން ދާއިރާގައި އުފާފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށެވެ. ދުނިޔޭގެ ޓެލެކޮމް ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު ޓެލެކޮމިއުނިކޭޝަން ދާއިރާއިން ރާއްޖެ އިތުރު އެތައް ހަރުފަތްތަކެއް ކުރިއަށް ގެންދިއުމުގައި އުރީދޫ މޯލްޑިވްސްއިން ގިނަ ގުނަ މަސައްކަތްތަކެއް ކޮށް ނަތީޖާ ހާސިލުކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް