ހއ.ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތްކުރުމަށް ކުންފުންޏާކާ މިއަދު ހަވާލުކޮށްފި އެވެ.
މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ހެނދުނު އެ މިނިސްޓްރީގެ ހޯލުގައި ބޭއްވި ރަސްމިޔާތެއްގައި “ދިއްދޫ އިސްލާމިކް ސެންޓަރު” އިމާރާތްކުރުމަށް ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ކަމަށެވެ.
އަދި މިއީ އެއްފަހަރާ 1500 މީހުނަށް ނަމާދުކުރެވޭ ގޮތަށް 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި އިދާރީ އޮފީހަކާއި، ލައިބްރަރީ އެއް ހިމެނޭހެން ތަރައްޤީ ކުރާ މިސްކިތެކެވެ.
މީގެ އިތުރުން 4 ކްލާސް ރޫމާއި 2 ސެމިނަރ ރޫމާއި ޕޭންޓްރީ ހިމެނޭ ގޮތަށް އިމާރަތްކުރާ މި އިސްލާމިކް ސެންޓަރުގައި މިސްކިތް ހުންނާނީ އޭސީ ކޮށްފައި ކަމަށާއި ކަރަންޓަށް ކުރާ ހަރަދު ކުޑަ ކުރުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
ދިއްދޫ އިސްލާމިކް ސެންޓަރު އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ 50،895،299.07 ރުފިޔާއަށެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައި ވަނީ 540 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.
ދިއްދޫ އިސްލާމިކް އެސެންޓަރު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އާރުސީސީގެ ޑިރެކްޓަރ އާދަމް ރަޙީމް އެވެ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަ ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް