ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ގައި އަރިސްކޮށް އުޅުންވާ މެމްބަރުން އެމްޑީޕީން ވަކިވެއްޖެ އެވެ.
އެ ފިކުރުގެ މެމްބަރުންތަކެއް ވަކިވާން ނިންމާފައި މިވަނީ އޭގެ ތެރޭގައި ހިމެނިވަޑައިގެންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެ ޕާޓީން ވަކިކޮށްފައިވަނިކޮށެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުންވެސް އެމްޑީޕީގެ މެމްބަރު ކަމުން އާޒިމް ވަނީ އިއްޔެ އުނިކޮށްފައި އެވެ.
އެމްޑީޕީން ވަކިވާން ނިންމި މެމްބަރުން އިސްތިއުފާ ދެއްވައި މިހާރު ވަނީ އެމްޑީޕީގެ ސެކްރެޓޭރިއަޓަށް ސިޓީ ފޮނުއްވާފައި އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ12 ރައްޔިތުންގެ މަޖިލީސް މެމްބަރުން ހިމެނެ އެވެ.
އެމްޑީޕީން ވަކިވާން ނިންމި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނަވަނީ:
ހަސަން ލަތީފް (ހެންވޭރު ހުޅަނގު)
އީވާ އަބްދުﷲ (ގަލޮޅު އުތުރު)
އިލްޔާސް ލަބީބް (ހުޅުދޫ ދާއިރާ)
އިމްތިޔާޒް ފަހުމީ (މާފަންނު އުތުރު)
މުހައްމަދު ވަހީދު (އުނގޫފާރު ދާއިރާ)
ޔާސިރު އަބްދުއްލަތީފް (ކުޅުދުއްފުށީ އުތުރު)
އިބްރާހިމް ރަޝީދު (ބޮންޑޭ، މާފަންނު މެދު ދާއިރާ)
ހަސަން އަފީފް (ވިލުފުށި)
ހުސެއިން ފިރުޝާން (މަޑަވެލި ދާއިރާ)
މުހައްމަދު ރަޝީދު (ބޯދިގު، މައްޗަންގޮޅި އުތުރު)
ހަސަން ޝިޔާން (ތޮއްޑޫ ދާއިރާ)
އަހްމަދު ޒާހިރު (ގައްދޫ)
މީގެ އިތުރުން ވަކިވާން ސިޓީފޮނުއްވި ބޭފުޅުންގެ ތެރޭގައި އެސްޓިއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ހިމެނެ އެވެ.
މި ނިންމުމާއި ގުޅޭގޮތުން ފިކުރެއްގެ ދިރުމުން މިއަދު ނޫސްވެރިންނާއި މައުލޫމާތު ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް