ގެއްލިގެން ހޯދަމުން ދިޔަ ދ. ކުޑަހުވަދޫ، ދިލްކަޝްވިލާ، އުމުރުން 30 އަހަރުގެ ޢަލީ ޢާތިފް ސާފީ ފެނިއްޖެ އެވެ.
ފުލުުހުން ބުނީ އޭނާގެ ހަބަރެއް އާއިލާއަށް އެންމެ ފަހުންވީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އޭނާ ގެއްލިގެން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް އާއިލާއިން ރިޕޯޓު ކުރީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
އޭނާ ހޯދަން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދުނީ މިއަދު އެވެ. އަދި އޭގެ ގަޑިިއިރެއްހާއިރު ފަހުން އޭނާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އާތިފް ފެހުނީ މާލެއިންނެވެ. ފެނުނު އިރު ހާލު ރަނގަޅު ކަމަށް ފުލުހުން ބުނި ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
އާތިފް ގެއްލިގެން ރިޕޯޓު ކުރީ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އާތިފް ހޯދަން އާންމުންގެ އެހީތެރިކަމަށް އެދުނީ ފުލުހުންގެ އިދާރާތަށް މެދުވެރިކޮށް ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ.
މިދިޔަ ހަފްތާގައި މާލެއިން ފުވައްމުލަކު މީހަކު ގެއްލިގެންވެސް ހޯދި އެވެ. އެމީހާ ފެނުނީ ހޯދަން އިއުލާނު ކުރިތާ ދެ ދުވަސް ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް