ކޭޕާކް މައްސަލައިގާ ބައެއް ތަންތަން ބަލާ ފާސްކުރަން ފަށައިފި

ކޭޕާކް މައްސަލައިގާ ބައެއް ތަންތަން ބަލާ ފާސްކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ އެ މައްސަލައިގާ ތުހުމަތު ކުރެވޭ މީހުންނާ ގުޅުންހުރި ބައެއް ތަންތަން ބަލައިފާސް...

17 May 2023 | 07:34

ކޭޕާކް މައްސަލައިގާ ބައެއް ތަންތަން ބަލާ ފާސްކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.

އެގޮތުން ފުލުހުން ބުނެފައިވަނީ އެ މައްސަލައިގާ ތުހުމަތު ކުރެވޭ މީހުންނާ ގުޅުންހުރި ބައެއް ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން މިކަން ހާމަކޮށްފައިވާއިރު، ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ ދެ އެޕާޓްމެންޓެއް ބެލުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

ކޭޕާކް މައްސަލަ ފެންމަތިވީ ކޭޕާކް ރެސިޑަންސެސްގެ ނަމުގައި ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓްތައް ވިއްކުމުގައި ހަންބޯ ކުންފުނީގެ މައި ހިއްސާދާރަށް ނޭނގި މައިނޯރިޓީ ހިއްސާދާރު ކަމުގައިވާ ހަސަން މަމްދޫހު (މަންޑޭ) އެ ރެސިޑެންސަސްގެ ފްލެޓްތައް ވިއްކާ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާ ކަމަށްބުނެ މައި ހިއްސާދާރުގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހެޅި ހިސާބުންނެވެ. މި މައްސަލަ އެޗްޑީސީގެ ފަރާތުންވެސް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

މި މައްސަލައިގާ މައި ހިއްސާދާރަށް ނޭނގި ފްލެޓްތައް ވިއްކުމުގެ އިތުރުން އެއް ފްލެޓެއް އެކަކަށްވުރެ ގިނަ ބަޔަކަށް ވިއްކި ކަމުގެ ތުހުމަތު ވެސް ކުރެވެއެވެ.

މި މައްސަލައާއި ގުޅިގެން މަންޑޭގެ އިތުރުން އިތުރު މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވެއެވެ. އަދި މި މައްސަލައާއި ގުޅިގެން އާބަންކޯގެ މުވައްޒަފަކުވެސް ސަސްޕެންޑްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް