މިއަހަރުގެ އަޟުޙާ އީދާއި ހަފްތާ ބަންދުގައި އެއް ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތަކުން ހިދުމަތް ދޭނެ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
ބޮޑު އީދު ބަންދު ވަނީ އަންނަ ޖޫން މަހުގެ25 ވާ އާދިއްތަ ދުވަހުން ފެށިގެން 29 ވަނަ ދުވަހާއި ހަމައަށެވެ. އެ ފަސް ދުވަހާއި އެކު އީދު ބަންދަށް ނުވަ ދުވަސް ލިބެ އެވެ.
އެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އިދާރާ އާއި ބޭންކުތައް ހުޅުވާފައި ހުންނާނީ ޖޫން26 ވާ ހޯމަ ދުވަހު ކަމަށެވެ.
އެ ދުވަހު އެމްއެމްއޭއިން ސިޓީ އާއި ތަކެތި ބަލައިގެންނާނީ ހެނދުނު8:30 ން މެންދުރު ފަހު2:00 އަށެވެ.
ބޭންކިންގެ ހިދުމަތްތައް ކަމަށްވާ ފައިސާ ބަލައިގަތުމާއި ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު8:30 ން މެންދުރު ފަހު2:00 އަށެވެ. އެ ހިދުމަތްތައް ދޭނީ މިހާރެކޭ އެއްގޮތަށް އެޕޮއިންޓްމެންޓު އުސޫލުން ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް