އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ހަސަން މުޣުނީ އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.
ރައީސް އޮފީހުން އެކަން ކަށަވަރުކޮށްދެއެވެ.
މި ވެރިކަމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަންވެސް ގިނަ ދުވަސްތަކަކަށް ކުރެއްވި މުޣުނީ މަގާމުން ވަކިކޮށްފައިވާއިރު ރައީސް ސޯލިހާއި މި ސަރުކާރުގައި ހިމެނޭ ބައެއް ފަރާތްތަކަކީ ވަގުންގެ ގޮތުގައި ސިފަކޮށް މުޣުނީ އޭނާގެ ރަސްމީ އެކައުންޓުން ޓްވީޓެއް ކުރިއެވެ.
ނަމަވެސް އެ ޓްވީޓް ކުރިތާ މާ ގިނައިރެއްނުވެ މުޣުނީ އެ ޓްވީޓް ޑިލީޓްވެސް ކުރިއެވެ.
މުޣުމީ މިއަދު މަގާމުން ވަކިކޮށްފައިވާއިރު އެ މަގާމުގައި މުޣުނީ ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. މުޣްނީ ނިސްބަތްވާ ޖުމްހޫރީ ޕާޓީއިންވެސް މިހާރު އަންނަނީ ސަރުކާރާއި ދެކޮޅަށް ފާޅުގައި މަސައްކަތް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް