އަނެއްކާވެސް މާލެއިން މީހަކު ގެއްލިގެން ހޯދަން އިއުލާނު ކޮށްފި އެވެ.
ހޯދަން ފުލުހުން އިއުލާނު ކޮށްފައިވަނީ ދ. ކުޑަހުވަދޫ، ދިލްކަޝްވިލާ، އުމުރުން 30 އަހަރުގެ ޢަލީ ޢާތިފް ސާފީ އެވެ.
ފުލުުހުން ބުނީ އޭނާގެ ހަބަރެއް އާއިލާއަށް އެންމެ ފަހުންވީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އޭނާ ގެއްލިގެން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް އާއިލާއިން ރިޕޯޓު ކުރީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
އާއިލާއަށް ހަބަރުވީއިރު އޭނާ ހުރީ މާލޭގައި އެވެ.
ޢާތިފް ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ. އެކަމު މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން ޢާތިފް ހޯދިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
ފުލުހުން ވަނީ ޢާތިފާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792052 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުމަށް އެދިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް