ޖިންސީ ފުރައްސާރަކޮށްގެން ހައްޔަރު ކުރި އިންޑިއާ މީހާގެ ބަންދަށް 10 ދުވަސް

ޖިންސީ ފުރައްސާރައިގެ މައްސަލައިގަ ހައްޔަރު ކުރި އިންޑިއާގ މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ. އުމުރުން 22 އަހަރުގެ މުހުތާރު އަންސަރީ ނަމަކަށް ކިޔާ އެ މީހާ ހައްޔަރު ކުރީ ޖިންސީ ފުރައްސާރަކޮށް، މީހ...

17 May 2023 | 05:29

ޖިންސީ ފުރައްސާރައިގެ މައްސަލައިގަ ހައްޔަރު ކުރި އިންޑިއާގ މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

އުމުރުން 22 އަހަރުގެ މުހުތާރު އަންސަރީ ނަމަކަށް ކިޔާ އެ މީހާ ހައްޔަރު ކުރީ ޖިންސީ ފުރައްސާރަކޮށް، މީހެއްގެ ނުރުހުމުގައި ގަޔަށް އަތްލިކަމުގެ ތުހުމަތަށެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ10 ދުވަސް ޖަހާފައި އެވެ.

މި މައްސަލައިގަ މުއްދަތު ޖެހި އިރު ކޯޓުން ނިންމާފައިވަނީ އެމީހާ އާއި ދެކޮޅަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް