ޝާހްރުކްގެ އާއިލާގައި އެންމެ ބިޒީ މީހަކީ އޭނައެއް ނޫން!

ބޮލީވުޑްގެ ކިންގް ޝާހްރުކް ހާންގެ އާއިލާގައި އެންމެ ބިޒީ މީހަކީ އޭނާ ނޫންކަން ހާމަ ކޮށްފި އެވެ. ޝާހްރުކްގެ އަންހެނުން ގޯރީ ހާން ވަނީ މި ހަފްތާގައި އޭނާގެ އާ ފޮތް "މައި ލައިފް އިން އަ ޑިޒައިން" ނެރެފައ...

17 May 2023 | 04:57

ބޮލީވުޑްގެ ކިންގް ޝާހްރުކް ހާންގެ އާއިލާގައި އެންމެ ބިޒީ މީހަކީ އޭނާ ނޫންކަން ހާމަ ކޮށްފި އެވެ.

ޝާހްރުކްގެ އަންހެނުން ގޯރީ ހާން ވަނީ މި ހަފްތާގައި އޭނާގެ އާ ފޮތް "މައި ލައިފް އިން އަ ޑިޒައިން" ނެރެފައި އެވެ. މި ފޮތް ނެރުމުގެ ހަފްލާގައި ޝާހްރުކް ހާން ވަނީ އަންހެނުންނާއި އެކު ބައިވެރިވެ އާއިލާ އާއި ގުޅޭ މަޖާ ގިނަ ބަޔަކު އެނގެން ބޭނުންވާ މައުލޫމާތުތަކެއް އާންމު ކޮށްފައި އެވެ.

ޝާހްރުކް ބުނީ ގޯރީ ދުވާލު ހަތަރު ދަމު އިންޓީރިއާ މަސައްކަތުގެ އިތުރުން ކުރަނީ ކީއްބާއޭ ހިތަށް އަރާ ކަމަށެވެ. އެކަމަކު މިިހާރު އޭނާއަށް ގޯރީގެ ބިޒީކަން އެނގޭ ކަމަށާއި ދިރިއުޅުމުގައި ހިނގާ ހުރިހާ ކަމެއް ފޮތެއްގައި ލިޔެގެން އާންމުންނާއި ހިސާބަށް ނެރުމަކީވެސް ކުޑަ ކަމެއް ނޫން ކަމަށެވެ.

ޝާހްރުކް އެހެން ބުނުމުން ވާހަކަ ދައްކަމުން ގޯރީ ބުނީ އޭނާވެސް ހީކުރީ އަބަދު ފިލްމީ މަސައްކަތުގައި އުޅޭތި އެއާއިލާގައި އެންމެ އެންމެ ބިޒީ މީހަކީ ޝާހްރުކް ކަމަށެވެ. އެކަމަކު އެއީ ކުން ހީއެއް ކަމަށާއި ގޭގައި އެންމެ ބިޒީ މީހަކީ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ހާން ކަމަށެވެ.

ގޯރީ ބުނީ އާރްޔަން އާއި ބައްދަލު ކުރުމަކީ މިހާރު ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

އާރްޔަން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ ވެބް ސީރީޒް ޑައިރެކްޓު ކުރުމާއި އަމިއްލަ ކްލޯތިން ބްރޭންޑެއް ތައާރަފު ކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް