މާލޭގައި ދެމީހެއްގެ ދެމެދުގައި ހިނގި ކުރިމަތިލުމެއްގައި އެކެއްގެ ބޯ ފަޅާލައިފި

މާލޭގައި ރޭގެ ފަތިހުގެ ވަގުތެއްގައި ދެމީހެއްގެ ދެމެދުގައި ހިނގި ކުރިމަތިލުމެއްގައި އެކެއްގެ ބޯ ފަޅާލައިފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިކަމެއް ހިނގީ ދެމީހެއްގެ ދެމެދުގައި ހިނގި ތަޅާފޮޅ...

17 May 2023 | 03:03

މާލޭގައި ރޭގެ ފަތިހުގެ ވަގުތެއްގައި ދެމީހެއްގެ ދެމެދުގައި ހިނގި ކުރިމަތިލުމެއްގައި އެކެއްގެ ބޯ ފަޅާލައިފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިކަމެއް ހިނގީ ދެމީހެއްގެ ދެމެދުގައި ހިނގި ތަޅާފޮޅުމެއްގެ ތެރޭގައެވެ. ފުލުހުން ސީނަށް އެޓެންޑްވެ ޒަހަމްވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ކަމަސްވެސް މައުލޫމާތު ލިބެއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި ބޮލުން ތަންކޮޅެއް ފަޅައިގެންގޮސްފައިވާ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިއުމުން ބޭސް އަޅަން އިންކާރުކޮށް ހޮސްޕިޓަލުގެ ތެރޭގައި އަޑުގަދަކުރަން ފެށިއެވެ. އަޑުގަދަ ކުރަން ފެށުމުން މާފަންނު ޕޮލިހަށް ގެންގޮސް އާއިލާއާއި ހަވާލުކުރަން ފުލުހުން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އަދި އާއިލާއިން ހަވާލުވެފައިނުވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް