މަޖީދިއްޔާ ސްކޫލުން އިންތިޒާމްކޮށްގެން ބޭއްވި "މަޖީދީ ރަން" ނިންމާލައިފި އެވެ.
މި ދުވުމަކީ އެ ސްކޫލަށް95 އަހަރު ފުރުން ފާހަގަކުރުމާއި 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ. މި ހަރަކާތް ފަށާފައިވަނީ މިމަހުގެ13 ވަނަ ދުވަހުގެ ރޭ އެވެ.
ރަސްމީކޮށް މި ހަރަކާތް ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އަދި މިރޭ އެ ހަރަކާތް ރަސްމީކޮށް ނިންމުމުގެ ރަސްމިޔާތު އެމަނިކުފާނު ވަނީ ޝަރަފުވެރިކޮށްދެއްވާފަ އެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި "މަޖީދީ ރަން" ނިންމުމުގެ ކުރިން ރައީސްގެ ދެކަނބަލުން ވަނީ މަޖީދީ ރަންގައި ސިންތެޓިޖް ޓްރެކްގައި ދުވެވަޑައިގަންނަވާފައެވެ. އެއަށްފަހު ރައީސް ސޯލިހު ވަނީ މަޖީދީ ރަން ނިންމެވުމުގެ ގޮތުން މަޖީދީ ރަންގެ ދަންމަރު ނިންވާލައްވާފައެވެ.
މިރޭ ހަރަކާތް ނިންމާލީ 95 ގަޑިއިރު ދުވެފައި އެވެ.
ރައީސްގެ ދެ ކަނބަލުންގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވެި އެވެ.
މީގެ އިތުރުން މަޖީދިއްޔާ ސްކޫލްގެ ގިނަ ޢަދަދެއްގެ މިހާރުގެ ދަރިވަރުންނާއި އިސްދަރިވަރުން ބައިވެރިވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް