ފާރުތަކުގައި ކުރަހާ ޣައްފާރު ފާހާނައިގާ ފިލާއޮއްވާ ހައްޔަރުކޮށްފި

ފާރުތަކުގައްޔާއި މަގުތަކުގައި އިންޑިއާ އައުޓް ކުރަހާ މައްސަލައިގާ ހޯދަމުންދިޔަ ޣައްފާރު އޭނާ ދިރިއުޅޭ ގޭގެ ފާހާނައެއްގެ ތެރޭގައި ފިލާ އޮއްވާ ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ އާންމު މަސްލަހަތަ...

17 May 2022 | 13:19

ފާރުތަކުގައްޔާއި މަގުތަކުގައި އިންޑިއާ އައުޓް ކުރަހާ މައްސަލައިގާ ހޯދަމުންދިޔަ ޣައްފާރު އޭނާ ދިރިއުޅޭ ގޭގެ ފާހާނައެއްގެ ތެރޭގައި ފިލާ އޮއްވާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން ހޯދަން އިއުލާނުކޮށްފައިވާ ކ. މާލެ / މއ. ލެއްގި، ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު (34އ) މިހާރު ހައްޔަރުކުރެވިފައިވާކަމަށާއި އޭނާ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގޭގެ ފާހާނައިގެ ތެރޭގައި ފިލާ އޮއްވާ މިއަދު ހަވީރު 5:12 ހާއިރު ކަމަށެވެ. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ބުނެއެވެ.

ޣަައްފާރު ހޯދަން ފުލުހުން އިއުލާނުކުރީ ރޭގެ ވަގުތެއްގައެވެެ.

ޣައްފާރު ހައްޔަރުކޮށްފައިވާއިރު ފާރުތަކުގައްޔާއި އާއްމު ތަންތާނގައި އިންޑިއާ އައުޓް ލިޔާ މައްސަލައިގާ، އެކަން ކުރާ ދެތިންމީހަކު ދެނެގަނެވިފައިވާކަަމަށް ފުލުހުން ކުރީގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް