ޖެޓީތަކުގެ ކަންތަކުގައި މާލޭ ސިޓީ ކައުންސިލުން ހުށަހަޅަނީ ރީޒަނަބަލް، ފީސިބަލް އަގުތަކެއް ނޫން: އެމްޕީއެލް

ޖެޓީތަކުން ލިބޭ އާމްދަނީ ދެފަރާތަށް ހިއްސާކުރުމުގެ ކަންތަކުގައި މާލޭ ސިޓީ ކައުންސިލުން ހުށަހަޅަނީ ރީޒަނަބަލް، އަދި ފީސިބަލް އަގުތަކެއް ނޫންކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއ...

17 May 2022 | 12:04

ޖެޓީތަކުން ލިބޭ އާމްދަނީ ދެފަރާތަށް ހިއްސާކުރުމުގެ ކަންތަކުގައި މާލޭ ސިޓީ ކައުންސިލުން ހުށަހަޅަނީ ރީޒަނަބަލް، އަދި ފީސިބަލް އަގުތަކެއް ނޫންކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެގޮތުން އެމްޕީއެލްއިން މިއަދު ބުނީ މާލޭގެ ނޯތު ހާބަރާއި، ޓީޖެޓީ ބަނދަރުން ލިބެމުންދާ އާމްދަނީގެ ބައެއް މާލެ ސިޓީ ކައުންސިލާ ހިއްސާކުރެވޭނެ ގޮތެއް ނުވަތަ ރެވެނިއު ޝެއާރިން މޮޑެލެއް ހަމަޖެއްސުމަަށް ޖެނުއަރީ މަހުގެ ފަހުކޮޅުގައި ރައީސް އޮފީހުން އެންގުމުން އެ އެންގުމާއި އެއްގޮތަށް އެމްޕީއެލްއިން މާލެ ސިޓީ ކައުންސިލާއި އެކު އެއްމޭޒަކަށް އަރައި މިކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަަމަށެވެ.

"މި ކުންފުނިން ފައިނޭންޝިއަލީ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ހުށަހެޅި އަގަށް މާލެ ސިޓީ ކައުންސިލުން އެއްބަސްނުވެ، އެބޭފުޅުން ހުށަހަޅާފައިވަނީ އަޅުގަނޑުމެން ހުށަހެޅި އަގަށް ވުރެ  ބޮޑުތަނުން ބޮޑު ރީޒަނަބަލް އަގެއް ނޫން، އަދި އެއީ ފައިނޭންޝިއަލީ ފީޒަބަލް އަގެއްވެސް ނޫން" އެމްޕީއެލްގެ ތަރުޖަމާން ދާނިޝް ނިޒާމް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުގެ މިހާރުގެ ދައުރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވީ މި މައްލައިގާ ގޮތެއް ނުނިމި ވަނީ އެމްޕީއެލްގެ ސަބަބުން ކަަމަށެވެ. ބައްދަލުވުމަކަށް ރިކުއެސްޓްކޮށްގެން އުޅޭތާވެސް ހަފްތާއެއް ވެއްޖެ ކަމަށެވެ. އަދި ސިޓީ ކައުންސިލުން އަގުވެސް ހުށަހަޅާފައިވާނެކަމަށެވެ.

ދާނިޝް ވިދާޅުވިގޮތުގައި މަޝްވަރާތަކުގެ މައުލޫމާތު މިހާރު ވާނީ ރައީސް އޮފީހާ ހިއްސާކޮށްފައެވެ. އަދި އެއްވެސް އިރެއްގައި މާލެ ސިޓީ ކައުންސިލުން މަޝްވަރާގެ މޭޒަށް ދައުވަތު ދިނުމުން އެ ކުންފުނިން އެއަށް ޖަވާބު ނުދީ ނުވަތަ ބައްދަލުުނުުކުރާ ވާހަކައަކީ އެންމެ ރަނގަޅު ވާހަކަތަކެއް ނޫންކަމުގައިވެސް ދާނިޝް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް