ސައުީ އަރަބިއްޔާގެ މައްކާގެ މާތްވެގެންވާ ހަރަމްފުޅަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަކޮށް މައުލޫމާތު ދިނުަމށް ރޮޮބޯޓް ބޭނުން ކުރަން ފަށައިފި އެވެ.
މި ރޮބޯޓުތަކުން އުމްރާއަށް ދާ ފަރާތްތަކަށް މަގު އޮޅުމާއި ވަކިވަކި ތަންތަން ހުންނަ ސަރަހައްދުތައް ނޭނގިގެން އެހުމުން ޖވާބު ދޭނެ އެވެ. މި ރޮބޮޓުތައް ތައްޔާރުކޮށްފައިވަނީ ހަތަރު ފައި ލައި މޫނުގެ ގޮތުގައި ބޮޑު ސްކްރީނެއް ހިމެނޭ ގޮތަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ރޮބޯޓް ދުނިޔޭގެ އެކި ގައުމުތަކުގައި މީހުން ވާހަކަ ދައްކާ11 ބަހަކުން ވާހަކަ ދައްކަ އެވެ. އޭގެ ތެރޭގައި އަރަބި، އިނގިރޭސި، ޗައިނީސް، ފްރެންޗް، ޓާކިޝް، ރަޝިއަން، ޕާޝިއަން، އުރުދޫ، މަލާވީ، ބެންގޯލީ އަދި ހައުސާ ހިމެނެ އެވެ.
އެ ރޮބޯޓުތައް މެދުވެރިކޮށް މައުލޫމާތު ހޯދުމަށް ސްކްރީނުން ފެންނަ ބަސްތަކުން ބޭނުން ބަހެއް ހިޔާރު ކުރުމަށް ފަހު އެ ބަހަކުން ވާހަކަ ދެއްކުމުން ރޮބޯޓު ޖަވާބު ދޭނެ އެވެ.
ރޮބޯޓުތައް މުޅި ހަރަމް ފުޅުގެ ތެރޭގައި ދުއްވަމުން ދާނެ އެވެ. އަދި މު ސަރަހައްދު އެ ރޮބޯޓް މޮނިޓާ ކުރަމުންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް