އަނދުން ހުސައިންއަށް ނަޝީދު ކުރެއްވި ތުހުމަތުގެ މައްސަލަ އާންމު ކޮމިޓީން ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ހަގީގަތް ފޮރުވަން ސަރުކާރަށް ވާގިވެރިވާ ކަމަށް ބުނެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއި...

17 May 2022 | 09:53

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ހަގީގަތް ފޮރުވަން ސަރުކާރަށް ވާގިވެރިވާ ކަމަށް ބުނެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) އަށް ކުރި ތުހުމަތުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ބަލަން ފަށައިފި އެވެ.

މި ތުހުމަތު ކުރެއްވީ ރައީސް ނަޝީދެވެ. ނަޝީދު އެހެން ވިދާޅުވީ އެމްޑީޕީގެ މަޖިލީސް މެމްބަރުންގެ ވަޓްސްއެޕް ގްރޫޕުގައި އެވެ.

މި މައްސަލަ އާންމު ކޮމިޓީއަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ.

މި މައްސަލަ އާންމު ކޮމިޓީން ބަލަން ނިންމި އިރު ހުސައިން ވަނީ ނަޝީދުގެ އެ ތުހުމަތުތައް ބަލައި ދިނުމަށް މަޖިލީހުގައި އެދިވަޑައިގެންފަ އެވެ. އަމީން އާންމު ވަނީ އެ ސިޓީ މިއަދު އާންމު ކޮމިޓީ އާއި ހިއްސާ ކުރައްވާފަ އެވެ.

ހުސައިން އިތުރަށް ވިދާޅުވީ ބޮމުގެ ހަމަލާގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ދޭހަވާ ގޮތަށް އަސާސެއް ނެތް ތުހުމަތެއް ކުރުމުގެ ސަބަބުން ހައްގުތަކާއި އިމްތިޔާޒުތަކަށް އުނިކަން ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު ކުރެއްވި ތުހުމަތުގެ ގޮތުން ފުރާނައަށް ނުރައްކާ އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް