ސަމާލުވޭ، ރާއްޖޭގެ ބޮޑުބައެއް ޔެލޯ އެލާޓުގައި، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދަށް ނެރެފައިވާ ޔެލޯ އެލާޓުގެ މުއްދަތު އިތުރުކޮށްފި އެވެ. އެ މުއްދަތު އިތުރުކޮށްފައިވަނީ މިއަދު ހަވީރު5:00 އާއި ހަމައަށެވެ. މެޓް އ...

17 May 2022 | 09:16

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދަށް ނެރެފައިވާ ޔެލޯ އެލާޓުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެ މުއްދަތު އިތުރުކޮށްފައިވަނީ މިއަދު ހަވީރު5:00 އާއި ހަމައަށެވެ. މެޓް އޮފީހުން ބުނީ އެވަގުތުގައި އެ ސަރަހއްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

އާންމުކޮށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ25 މޭލާއި30 މެލާއި ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި50 މޭލަށް ވައިގަދަވާނެ އެވެ.

ކަނޑުތައް ގަދވެފައި އުދަ އަރާފާނެ ކަމަށްވެސް ލަފާކޮށްފފައިވެ އެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް