ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދިރިއުޅުއްވާ ގެކޮޅުގެ ދޮރެއްގައި "އިންޑިއާ އައުޓް" ސްޕްރޭ ކޮށްފިއެވެ.
ދޮރުގައި އޮރެންޖު ކުލައިން "އިންޑިއާ އައުޓް" ލިޔެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ދައުރުވަމުން އަންނައިރު މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
މާރިޔާގެ ގެކޮޅުގެ ދޮރެއްގައި އިންޑިއާ އައުޓް ލިޔެފައިވާއިރު އިންޑިއާ އައުޓް ހަރަކާތަކީ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އިންގަމުން އަންނަ ހަރަކާތެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ގަރާރަކުން މި ހަރަކާތް ވަނީ ރާއްޖޭގައި މަނާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް