ފާރުތަކުގައި "އިންޑިއާ އައުޓް" ސްޕްރޭ ކުރާތީ އަބްދުޣައްފާރު ކިޔާ މީހަކު ހޯދަނީ

މާލޭގެ ފާރުތަކުގައި އިންޑިއާ އައުޓް ސްޕްރޭ ކުރާ މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ. މި މައްސަލައިގަ ފުލުހުން ހޯދަމުން ދަނީ ކ. މާލޭ، ލެއްގި، އުމުރުން 41 އަހަރުގެ އަބްދުލްޣައްފާރު އަބްދުލްޣަފޫރ...

17 May 2022 | 06:25

މާލޭގެ ފާރުތަކުގައި އިންޑިއާ އައުޓް ސްޕްރޭ ކުރާ މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

މި މައްސަލައިގަ ފުލުހުން ހޯދަމުން ދަނީ ކ. މާލޭ، ލެއްގި، އުމުރުން 41 އަހަރުގެ އަބްދުލްޣައްފާރު އަބްދުލްޣަފޫރެވެ. ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުން ތަފްސީލް ހާމަނުކުރިނަމަވެސް އެނގިފައިވާ ގޮތުގައި މިމީހާ އަކީ ފުލުހުން ތަހުގީގު ކުރަމުންދާ އިންޑިއާ އައުޓް ސްޕްރޭ ކުރާ މައްސަލައިގަ ހޯދާ މީހެކެވެ. އެމީހާގެ އިތުރުން ފުލުހުން ދަނީ ތިން މީހަކު ހޯދަމުންނެވެ.

ފުލުހުން މި މައްސަލަ ބަލަނީ އިދިކޮޅުން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން މިދިޔަ މަހު ކަނޑައަޅައި، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވާފައިވާތީ އެވެ. ރައީސްގެ ގަރާރުގައި ވަނީ އެކަން ހުއްޓުވުމަށް އަންގަވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް