ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅަށާއި އެމަނިކުފާނުގެ ޕާޓީ، ޕީޕީއެމް އޮފީހުގެ ފާރުގައި ސްޕްރޭކޮށް ގެއްލުންދިން މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެ މައްސަލައާއި ގުޅިގެން އިއްޔެ ހެނދުނު އުމުރުން 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް