ވިއްސާރައިގަ ކެރެލާގެ ހާލަތު ގޯސްވެ، ހަތަރު ސަރަހައްދަކަށް އޮރެންޖު އެލާޓު ނެރެފި

އިންޑިއާގެ ކެރެލާ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ހާލަތު އިތުރަށް ގޯސްވެ ހަތަރު ޑިސްޓްރިކްޓަކަށް އޮރެންޖު އެލާޓު ނެރެފި އެވެ. އެލާޓު ނެރެފައިވަނީ މައްލަޕޫރަމް، ކަންނޫރު އަދި ކަސަރަގޯޑް އާއި ކޯ...

17 May 2022 | 05:55

އިންޑިއާގެ ކެރެލާ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ހާލަތު އިތުރަށް ގޯސްވެ ހަތަރު ޑިސްޓްރިކްޓަކަށް އޮރެންޖު އެލާޓު ނެރެފި އެވެ.

އެލާޓު ނެރެފައިވަނީ މައްލަޕޫރަމް، ކަންނޫރު އަދި ކަސަރަގޯޑް އާއި ކޯޒީކޯޑޭ އަށެވެ. ކެރެލާގެ އެހެން ހުރިހާ ސަރަހައްދުތައް އޮތީ ޔެލޯ އެލާޓުގައި އެވެ.

އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ހާމަ ކުރާގޮތުގައި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހު ކެރެލާ އާއި ލަކްޝަދީޕަށް ބޯކޮށް ވާރޭވެހި ގުރުރާނެ އެވެ. އަދި ކަނޑުތައް ގަދަވާނެތީ މަސްވެރިން މަހަށް ނުނިކުތުމަށް އަންގާފައިވެ އެވެ.

އެ އިދާރާއިން ލަފާކުރާގޮތުގައި ކެރެލާގެ އެކި ސަރަހައްދުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެ ފްލަޑް އެލާޓުވެސް ވެސް ފަރުބަދަމަތީ ސަރަހައްދުތަކާއި އައްސޭރިފަށުގެ ސަރަހައްދުތަކަށް ވަނީ ނެރެފަ އެވެ.

ގިނައަދަދެއްގެ ކޯރު ހިމެނޭ ކެރެލާގެ ޑިސްޓްރިކްޓުތަކުގެ ތެރެއިން ކޮއްޓަޔަމަށް ބޯކޮށް ވާރޭވެހި ކޯރެއް ވަނީ ފުރިގެން ބަންޑުން ވެފައި އެވެ.

ކެރެލާ ސަރުކާޜުން ވަނީ ވިއްސާރަ މޫސުމަށް ތައްޔާރުވުމަށް މަޝްވަރާކޮށް ފިޔަވަޅުތައް އެޅުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް