ލ. ގަން ތުނޑީ އަވަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު ހުއްޓުމެއް ނެތި ކުރިޔަށްދާ ކަމަށް އެ މަޝްރޫއު ކުރިޔަށް ގެންދާ އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނިން ބުނީ އެ މަޝްރުއުގެ ދަށުން މިހާރު ކުރިޔަށް ދަނީ ބަނދަރުގެ އެއްގަމު ތޮށީގައި ކޮންކްރީޓް ބްލޮކްޖެއްސުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެ އެވެ. އަދި 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެ އެވެ.
މީގެ އިތުރުން 2501 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބްރިޖެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓިސީސީން މައުލޫމާތުދެ އެވެ.
މި މަޝްރޫޢަކީ 24.71 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް