ވިކީ ބޮލީވުޑްގައި ކާމިޔާބު ހޯދަން ފެށީ ކެޓްރީނާގެ މަޝްހޫރުކަމަކުން ނޫން!

ބޮލީވުޑްގައި މިހާރު އެންމެ ކާމިޔާބު އަދި ވިދަމުން އަންނަ އެ ބަތަލަކީ ވިކީ ކައުޝަލް އެވެ. މިއަދަކީ ވިކީގެ34 ވަނަ އުފަން ދުވަހެވެ. މިއަދު ކާމިޔާބު ހޯދައި ބޮލީވުޑްގައި މަޝްހޫރުކަން ހޯދަމުން އަޔަސް އޭނާ އ...

17 May 2022 | 04:27

ބޮލީވުޑްގައި މިހާރު އެންމެ ކާމިޔާބު އަދި ވިދަމުން އަންނަ އެ ބަތަލަކީ ވިކީ ކައުޝަލް އެވެ.

މިއަދަކީ ވިކީގެ34 ވަނަ އުފަން ދުވަހެވެ. މިއަދު ކާމިޔާބު ހޯދައި ބޮލީވުޑްގައި މަޝްހޫރުކަން ހޯދަމުން އަޔަސް އޭނާ އަކީ ބޮލީވުޑްގެ ޑައިރެކްޓަރުން ފިލްމުތަކުގައި ބައިވެރި ކުރަން ބޭނުން ނުވި މީހެކެވެ.

އަދަދު ނޭނގުނު ނަމަވެސް ވިކީ މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭނާ ބޮލީވުޑްގައި މަސައްކަތް ކުރަން ހޯދި ގިނަ ފުރުސަތުތަކެއް ގެއްލުނެވެ. އެއީ ޑައިރެކްޓަރުންނަށް ވިކީ ކަމު ނުގޮސްގެންނެވެ.

އެކަމަކު ހިތްވަރު އެލުވާ ނުލާ ކުރި މަސައްކަތުން ބޮލީވުޑަށް ނުކުތީ2015 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "މަސާން" އިންނެވެ. އޭގެ ފަހުން "ރާޒީ"، "މަންމާރްޒިޔާން" ގައި ދައްކާލި ހުނަރުން ގިނަ ބައެއްގެ ތައުރީފު އޭނާއަށް ލިބެން ފެށި އެވެ.

ވިކީގެ އެންމެ ބޮޑު ހިޓަކަށްވެގެން ދިޔައީ ފިލްމު "އުރީ" އެވެ.2019 ވަނަ އަހަރު ރިލީޒް ކުރި އެ ފިލްމާއި އެކު މިހާރު ބޮލީވުޑްގައި އޭނާލައްވާ މަސައްކަތް ކުރުވަން ބޭނުންވާ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ކިޔޫއެއް އޮތެވެ.

އޭގެ ފަހުން ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކެއިފް އާ ކައިވެނި ކުރުމެވެ. ވިކީ އަބަދުވެސް ބުނަނީ އެއީ އޭނާގެ ނަސީބު ކަމަށެވެ.

ފިލްމު "އުރީ" އަށް ފަހު ހާމަވި ދެމީހުންގެ ސިއްރު ލޯބީގެ ގުޅުމަށް ފަހު ގިނަ ބަޔަކު ގަބޫލު ކުރީ ވިކީއަށް ގިނަ ފިލްމުތަކެއް ލިބެން ފެށީ ކެޓްރީނާގެ ސަބަބުން ކަމަށެވެ. އަދި ކެޓްރީނާ އަކީ އޭނާގެ ނަސީބު ކަމަށް ބުނާތީ އެހެން ބުނާ މީހުން ގިނަވި އެވެ.

އެކަމަކު ވިކީ ބުނީ ކާމިޔާބު ހޯދީ ހިތްވަރު އެލުވާނުލާ ކުރި ބުރަ މަސައްކަތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް