އުކުޅަހުގައި މިއަދު ހުވާކުރުން ކުރިއަށްދިޔައީ ކޮވިޑަށް ޕޮޒިޓިވް މެންބަރަކާއި ޑައިރެކްޓް ކޮންޓެކްޓްވެފައިވާ މެންބަރެއް ހިމެނޭހެން !

އަލަށް ހޮވިވަޑައިގެންނެވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުވާކުރުމުގެ ރަސްމިއްޔާތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދިޔައިރު، އއ. އުކުޅަހުގެ އެ ރަސްމިއްޔާތު...

17 May 2021 | 18:02

އަލަށް ހޮވިވަޑައިގެންނެވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުވާކުރުމުގެ ރަސްމިއްޔާތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދިޔައިރު، އއ. އުކުޅަހުގެ އެ ރަސްމިއްޔާތު ކުރިއަށްދިޔައީ ކޮވިޑަށް ޕޮޒިޓިވް ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓެއް ހިމެނޭހެން ކަން ދުވަހަށް ކަށަވަރު ވެއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް ހުސެއިން ރިޔާޒް، ވަނީ އެކަން އެގޮތަށް ހިނގިކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އިތުރު މައުލޫމާތުދެއްވޭނީ ކައުންސިލްގެ އާ ރައީސަށްކަމުގައި ވިދާޅުވިއެވެ.

ކައުންސިލް ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ އެކަން އެގޮތަށް ހިނގި ކަމަށާއި ކަމާ ގުޅޭ ފަރާތްތަކުން އެ ފަރާތްތަކާއިމެދު މިހާރު ފިޔަވަޅު އަޅާފައިވާކަށެވެ. އަދި ޕޮޒިޓިވް ފަރާތާއި ކޮންޓެކްޓްވި ފަރާތްތައް ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު އުސޫލާއި އެއްގޮތަށް ކަންކަން ކުރިއަށްދާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވަނިކޮށް މި ރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެކެވެ. އެ މެންބަރު މިހާރު ވަނީ 10 ހާސް ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ. ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ހުރެ ރަސްމިއްޔާތުގައި ބައިވެރިވީ އަލަށް އިންތިހާބުވި ކައުންސިލު މެންބަރެއް ކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް